ހުނޫގަދަ ދުވަސްތަކަކަށްފަހު، މޯލްޑިވެސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ. ވިއްސާރާވާނެ ކަމަށް ލަފާކޮށް މި ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން މ އަތޮޅަށެވެ.

މީގެއިތުރުން، މެޓުން ވަނީ މި ސަރަޙައްދުތަކަށް ބާރަށް ގުގުރާނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި މެޓުން، އެލާޓު ނެރެފައިވަނީ މިރޭ 20:05 އިން ފެށިގެން މިރޭ ދަންވަރު 1:00 ހަމައަށެވެ.

ފާއިތުވި ހަފްތާއަކީ ރާއްޖޭއަށް ހޫނުގަދަ ދުވަސްތަކެވެ. އަދާ ހަމައަށް ރާއްޖޭގެ ފިނިހޫނުމިން ވަނީ 43 އަކަށް އަރާފައެވެ. މެޓް އޮފީހުން ވަނީ ހޫނުމިން ގަދަވަނީ ވައި މަޑުވެފައި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ, އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވެގެންދާތީ ކަމަށާއި މި ދުވަސްވަރު ހޫނުން ސަމާލުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ.