މިއަދުފެށި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ދަރިވަަރުންނަށް ފުރިހަމަ ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިލާކޮލެޖުގެ ބާނީ އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ދެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ބާއްޖަވެރި މުސްތަޤްބަލަކަށް ވެސް އެދިވަޑައިގެންފައެވެ.

"މިއަދުފެށި (25/04/2023 ) ބޭއްވުމަށް ތާވަލު ކުރެވިފައިވާ އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ލޮބުވެތި އެންމެހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބަށް އެދެމެވެ. ކީރިތި الله ތިޔަ އެންމެހާ ދަރިވަރުންނަށް ބާއްޖަވެރި މުސްތަޤްބަލެއް މިންވަރު ކުރައްވާށިއެވެ. އާމީން،" ޤާސިމްގެ ޓިުވީޓުގައި ވިދާޅުވެފައިވެއެވެ.

ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚަރަދުގައި އެތައް ބަޔަކަށްވަނީ ކިޔަވައި ދެއްވައިފައެވެ. އެމަނިކުފާނު ހިންގަވާ ވިލާކޮލެޖުގެ އެތައް ކެމްޕަހެއް މާލޭގެ އިތުރުން ރަށްރަށުގައި ވެސް ވަނީ ގާއިމް ކޮށްދެއްވައިފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވަނީ އެމަނިކުފާނެވެ. މިހާރުވެސް އެމަނިކުފާނު ގެންދަވަނީ އިންތިޚާބަށް ތައްޔާރުވަމުންނެވެ. އޭގެ އިތުރުން އިންތިޚާބުގައި އެހެން ޕާޓީތަކާއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް ވެސް ޖޭޕީދަނީ ކުރަމުންނެވެ.