ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ހާއްސަ ޓީމެއް މިއަދު އެކުލަވާލައިފިއެވެ.

މިޓީމު އެކުލަވާލި ވާހަކައާއި މިޓީމު އެކުލަވާލުމުގެ މަގުސަދާއި ބޭނުން މިއަދު ސްޓެލްކޯގެ ފޭސްބުކް އޮފިޝަލް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ. އެގޮތުން ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި އެ ޓީމުގެ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯގެ އެމްޑީގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ހާއްސަ ޓީމްގެ މަސައްކަތުގެ ފުރަތަމަ ދުވަސް ފެށުމުގެ ތެރެއިން.
ސްޓެލްކޯގެ އެމްޑީގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ހާއްސަ ޓީމްގެ މަސައްކަތުގެ ފުރަތަމަ ދުވަސް ފެށުމުގެ ތެރެއިން.

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވާ ދުވަސްވަރެެކެވެ. އެހެންކަމުން މޫސުމަށް އަންނަ މި ބޮޑެތި ބަދަލުތަކާއި ބެހޭ ގޮތުންނާއި އަދި ކަރަންޓު ބިލްތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވަން އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހަމައެހެންމެ ތަކުރާރުކޮށް ކަރަންޓު އިސްރާފު ނުކުރުމަށާއި އިގްތިސާދު ކުރުމަށް އިލްތުމާސް ކުރަމުންނެވެ.