އެމްޓީސީސީއިން ކުރިއަށް ގެންދާ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވި ގޮތުގައި، އެރަށު ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތުގެ 87 ޕަސެންޓް މިހާރު ވަނީ ނިމިފައިއެވެ.

މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.