އިންޑިއާގެ އެންމެ ކަމުދާ މުނިފޫހިފިލުވުމުގެ މަންޒިލް ކަމަށްވާ ޕްރައިމް ވީޑިއޯ އިން ކުރިއަށް އޮތް ކްރައިމް ޑްރާމާ، އެމެޒޯން އޮރިޖިނަލް ސީރީޒް، "ދަހާދު"ގެ ޝައުގުވެރި ޓީޒާ ދައްކާލައިފިއެވެ.

ރީމާ ކަގްޓީ އާއި ޒޯޔާ އަޚްތަރު އުފައްދާފައިވާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ރުޗިކާ އޮބެރޯއީ އާއި އެކު ކަގްޓީ އެވެ. އެކްސެލް މީޑިއާ އެންޑް އެންޓަޓެއިންމަންޓާއި ޓައިގަރ ބެބީ އިން ޕްރޮޑިއުސްކޮށްފައިވާ އަދި އެގްޒެކެޓިވް ޕްރޮޑިއުސްކޮށްފައި ވަނީ ރީމާ ކަގްޓީ އާއި ޒޯޔާ އަޚްތަރެވެ. ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ވިޖޭ ވަރްމާ، ގުލްޝަން ދޭވައިއާ، އަދި ސޯހޫމް ޝާހް ފެނިގެންދާނެއެވެ.

ދަހާދަކީ ކުޑަ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ސަބް އިންސްޕެކްޓަރު އަންޖަލީ ބާތީ އާއި އޭނާގެ އެކުވެރިންގެ ވާހަކަ ދައްކާ 8 ބައިގެ ކްރައިމް ޑްރާމާއެކެވެ. މި ހުރިހާ ކަމެއް ފެށެނީ އާންމު ފާޚާނާތަކުގައި އަޖައިބެއް ކަހަލަ ގޮތަކަށް މަރުވެފައި ވާ އަންހެނުން ފެންނަން ފަށާ ސިލްސިލާ އަކުންނެވެ. ސަބް އިންސްޕެކްޓަރު އަންޖަލީ ބާތީ އަށް ތަހުގީގު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ. ފުރަތަމަ މަރުތަކަކީ ސާފުކޮށް އަމިއްލައަށް މަރުވުންތަކެއް ކަމަށް ފެނުނު ނަމަވެސް މައްސަލަތައް ފަޅާއަރާ ވަރަކަށް އަންޖަލީއަށް ޝައްކުވާން ފަށަނީ ސީރިއަލް ކިލާއެއް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. އިތުރަށް އެހެން މައުސޫމް އަންހެނަކު ފުރާނަ ގެއްލުމުގެ ކުރިން ހެކިތައް އެއްކޮށް، އަންޖަލީ މަސައްކަތް ފަށައެވެ. އެހިސާބުން ފެނިގެން މިދަނީ ތަޖުރިބާކާރު ކުށްވެރިއަކާއި އަންޑަޑޮގް ފުލުހެއްގެ މެދުގައި ކުޅޭ ބުޅަލާއި މީދަލުގެ ރިވެޓިން ގޭމެއް ކަހަލަ ސީންތަކެކެވެ.

ސޮނާކްޝީ ސިންހާ ލީޑް ރޯލުން ފެނިގެންދާ އެމެޒޯން ޕްރައިމް ވީޑިއޯ، "ދަހާދު" ޕްލެޓްފޯމްގައި ސްޓްރީމް ކުރަން ފަށާނީ އަންނަ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

“ދަހާދަކީ ހަގީގަތުގައި ވެސް ފައިދާހުރި ތަޖުރިބާއެއް. މި ސީރީޒަކީ އަހަރެމެން އެންމެންނަށް އިންތިހާއަށް ހާއްސަ ސީރީޒެއް ކަމަށާއި މިއީ ސޮނާކްޝީ، ވިޖޭ، ގުލްޝަން އަދި ސޯހަމް 100 ޕަސެންޓް އެކްޓިންގ ފެނިގެންދާނެ ސީރީޒެއް،” ސީރީޒްގެ ކްރިއޭޓަރު، ޑައިރެކްޓަރު އަދި ކޯ ޕްރޮޑިއުސަރު ރީމާ ކަގްޓީ ބުންޏެވެ.