މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ ކަރަންޓް ކެނޑިދާނެކަމަށް ބެލެވެނީ މިއަދު މެންދުރުފަހު 2:00 އިން 4:00 އާ ދެމެދުގެ ވަގުތެއްގައިކަމަށެވެ.

އެގޮތުން މާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލެކްކޯއިން ވިދާޅުވި ސަރަހައްދުތަކަކީ މާފަންނުގެ ބޮޑުތަކުރުފާނު މަގާއި، ބޮޑުފުންގަނޑު މަގާއި، މަޖީދީމަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން ކަމަށެވެ.

އެވަގުތުގައި އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްދާނެކަމަށާއި އެ މަސައްކަތް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޚިދުމަަތްތެރި ކުންފުންޏެވެ.