އާސަހަރާ މިސްކިތް މަރާމާތު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީއިިން މި ނިންމުން ނިންމާފައިވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެ ކައުންސިލުން ވިދާޅުވީ މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ގާއިމު ކުރުމަށް ކަމަށެވެ.

މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.