މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލްއިން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން އެހެން ވިދާޅުވެފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެގޮތުން މި ޖަލްސާގައި މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަކަމަށާއި އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކުރަށްވާފައެެވެ.

”ވަރަށް މުހިންމު ކަމެއް މިކަމަކީ ކުރަން. ވަރަށް ސިމްޕަލްކޮށް އެކަމަކުވެސް ނަތީޖާ ނެރެވޭނެގޮތަށް ޓޭބަލްކުރެވި އަންނަ ހަފުތާއަށް އިދާރީ ކަންކަން ނިންމަވައިދެއްވުމަށް އެދެން“،.
މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ

މީގެ އިތުރުން އެކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް "ކެޓް ނިއުޓާ ފެސިލިޓީ" އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.