އާލިއާ ބަޓް އޭނާއަކީ "ކޮންޓްރޯލް ފްރީކް" އެއްކަމަށް ބުނެފިއެވެ. އޭނާގެ ބެލެނިވެރިކަމުގެ ޕްރެޝަރާއި އަންހެން ދަރިފުޅު ރަހާއަށްޓަކައި ކުރިމަތިވާ ހާސްކަމާއި ހިޔާލުތައް ހިއްސާ ކުރަމުންވެ.

އާލިއާ ބަޓް އެއްބަސްވާ ގޮތުގައި އޭނާ އަކީ "ކޮންޓްރޯލް ފްރީކް" އެކެވެ. އޭނާގެ ހަޔާތުގެ ހުރިހާ ކަމަކީ އަދި އޭނާއާއެކުގައިވާ އެންމެންނަކީވެސް އޭނާގެ ފުރިހަމަ ކޮންޓްރޯލާއި ބާރުގައި ކުރިއަށް ގެންދާ އަދި ގެންގުޅޭ ކަންތައްތަކެކެވެ. ދާދި ފަހުން ދެއްކި ވާހަކައެއްގައި އާލިއާ ބަޓް ވަނީ އޭނާގެ ފަސް މަހުގެ އަންހެން ދަރިފުޅު ރާހާ އާއި އެކްޓަރަކަށް ވުމާއި މަންމައަކަށް ވުމާ ދެމެދު ބެލެންސް ކުރުމުގައިވެސް އޭނާގެ ވަކި ހާއްސަ ބެލެހެއްޓުންތެރިކަމެއްވާ ކަމަށް ބުނެފައެވެ.

މުޅި 2022 ވަނަ އަހަރުގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވަނީ މެދުނުކެނޑި ހަބަރުތަކުގެ ފަލަސުރުހީތަކުގައި އުޅެފައެވެ. އަޔާން މުކަރްޖީގެ ހުވަފެނީ ޕްރޮޖެކްޓް ބްރަޙްމާސްޓްރާ: ޕާޓް ވަން - ޝިވާ ރިލީޒް ކުރުމުން ފެށިގެން ޕްރޮޑިއުސަރަކަށް ވުމާއި އަދިވެސް އެތައް ކަމެއް ހިނގާފައިވާ އެއަހަރަކީ އާލިއާއަށް ޙަޤީޤަތުގައިވެސް އިވެންޓްފުލް އަހަރެކެވެ. ޕްރޮފެޝަނަލް ގޮތުން ކުރިއަރައި ދިއުމުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ވެސް އާލިއާ ދިޔައީ ތަރައްގީވެ ކުރިއަރަމުންނެވެ.

ހަގީގަތުގައިވެސް އޭނާއަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް އޭނާގެ މުށުގެ ތެރޭގައި ކޮންޓްރޯލް ކުރާ ބަތަލާއެއްކަން އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުމުގެ އިތުރުން ޕާސަނަލް ދިރިއުޅުމުންވެސް އެނގެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ފިރިމީހާ ރަންބީރުކަޕޫރުއާ ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނުތާ މާގިނަ ދުވަހެއް ނުވެ އާލިއާ ހަމައެކަނި ކައިވެނި ކޮށްފައި ހުއްޓާނުލާކަމެވެ. ކައިވެންޏަށް އަހަރުވީއިރު އާލިއާއާއި ރަންބީރުގެ ކައިވެންޏަށް، ލޯބިލޯބި އަންހެންދަރިފުޅެއްވެސް(ރާހާ ކަޕޫރު) ލިބިފައިވާ ކަމަކީ އޭނާގެ ބާރުގައި ކަންތައްތައް އޭނާގެ ކޮންޓްރޯލްގައި އޮތްކަމުގެ އެންމެބޮޑު އެއް ހެއްކެވެ.