ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން ވިހެއުމުން ދޭ ޗުއްޓީ މަދުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ޓްރެބިއުނަލްގެ މެމްބަރު ވިހެއުމުން ދޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކޮށްފިއެވެ.
ދުވަސްކޮޅެއް ކުރިން އެ ޓްރައިބިއުނަލްގެ މެންބަރު ޝަމްއާ އިބްރާހިމް ވިހެއުމަށްފަހު ދެމަސް ދުވަސް ނުވަނީސް ވަޒީފާއަށް ދާން އެންގުމުން ޝަމްއާ ވަނީ ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުމެފައެވެ. އަދި މިކަން ވަނީ މީޑާގައި ފަލަ ސުރުހީއަކަށްވެ ހަބަރު ފެތުރިފައެވެ.
ވިހެއުމުން ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ލިބޭނެހެން ހަ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޓްރައިބިއުނަލްގައި އެކަން ތަންފީޒު ނުކުރާކަން އެނގިހާމަވެގެން ދިޔައީ ޝަމްއާ ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުތް މައްސަލައިގައި ކަންތައްވީ ގޮތުގެ ވާހަކަ ފެތުރުމުންނެވެ.
ޓްރައިބިއުނަލުން މިހާތަނަށް މެމްބަރުންނަށް ވިހެއުމުން މުސާރައާއެކު ދެމުން ގެންދިޔަ ދެ މަސް ދުވަހުގެ ޗުއްޓީގެ އުސޫލު ބަދަލުކޮށް މިހާރު މިވަނީ ވިހެއުމުގެ ޗުއްޓީ މުސާރައާއެކު ހަ މަސް ދުވަހަށް އިތުރު ކޮށްފައެވެ.