ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެމްޓީސީސީއިން ވިދާޅުވިގޮތުގައި އެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވަނީ 24 އޭޕްރީލް 2023 ވަނަ ދުވަހުގައެވެ.
މި މަޝްރޫޢުގެ ދަށުން:
- 90 މީޓަރުގެ ޝީޓް ޕައިލް އެޅުން
- 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
- 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
- 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުން
- 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
- 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 78.37 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.