އަބޫދާބީގައި ބަނގުރާ ހިއްޕަވާ ބޭފުޅުން ދެން ލައިސަންސް ނަންގަވާކަށް ނުޖެހޭނެއެވެ. ވިޔަފާރި ރަނގަޅުކޮށް، ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރަން ބޭނުން ޖެހިފައިވާ މި ދަނޑިވަޅުގައި އަބޫދާބީން ވަނީ ބަނގުރާ ލައިސަންސް އުވާލާފައެވެ.

މިހާރު ކޮންމެ ދީނެއްގެ ކޮންމެ މީހަކަށްވެސް ބަނގުރާ ގަނެ، އުފުލައި، ގޭގައި ބަހައްޓައި ހެދޭނެއެވެ.

ހަމައެކަނި ޝަރުތަކީ، އެ އިންސާނަކު އުމުރުން 21 އަހަރު ފުރިފައި ހުރުމެވެ.

މި ނިންމުން މިހެން އޮތް ނަމަވެސް އަދި މިކަން ރަސްމީކޮށް އިޢްލާން ކޮށްފައެއް ނުވެއެވެ. އެސޯސިއޭޓެޑް ޕްރެސްއިން ގުޅުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.

ޑިޕާޓްމަންޓް އޮފް ކަލްޗާ އެންޑް ޓޫރިޒަމްއިން މިގޮތަށް ނިންމާފައިވާ ކަން އަންގާފައިވަނީ، ބަނގުރާ ވިއްކާ ފިހާރަތަކާއި އެތަކެތި ސަޕްލައިކުރާ ފަރާތްތަކަށެވެ.

އެކުވެރި އަރަބި އިމާރާތުގެ ވެރުރަށް އަބޫދާބީއަކީ ދުބާއީއަށް ވުރެން ސަމާވީ އުސޫލުތައް ހިފެހެއްޓުމުގައި ބަލާ ސިޓީއެކެވެ.

މިދެ ސިޓީގައިވެސް ބާރތަކާއި ލައުންޖާއި ނައިޓްކްލަބްގެ ޚިދުމަތް ދެއެވެ.

ކަން މިހެން އޮތް ނަމަވެސް ބޮއެގެން ހުރެ އެއްޗެއް ދުއްވުމަކީ އަދިވެސް ކުށެކެވެ.