މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް ފަށާ އަދި އަލިފާން ނިއްވާ އިމާރާތުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 14 ހެކްޓަރުގެ ބިން ހިއްކުން
  • 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން
  • 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުން
  • އަދި ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.