މިއަދު ޗާގޯސް މައްސަލައިގެ ނިންމުމަށް 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބުމުން އިހުގައި ދިވެހި މަސްވެރިންނަށް ދެކުނުން މަސްވެރިކަމަށް ނުކުމެ އުޅުނު ހިސާބަށް މިހާރު ދެވޭނެތޯ ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރ އަލީ ޝާހު ސުވާލު އުފައްދަވައިފިއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މިސުވާލަށްފަހު އެކަމަށް ޖަވާބުދެއްވުމަށްވެސް ވިދާޅުވެފައެވެ. އަދިވެސް އިތުރަށް ޝާހު ވަނީ މިހާރު މިވީ ވަރުވެސްވީ ދިވެހިރައްޔިތުންނާއި، ޕާޓީތަކުގެ ލީޑަރުންނާއި ގައުމުދެކެ ލޯބިވާ ނޫސްވެރިންގެ ހިތްވަރުގަދަ މަސައްކަތުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މޮޅެއް ނޫންކަމަށްވެސް ޝާހުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

"ކުރިން ދިވެހި މަސްވެރިންނަށް ދެކުނުން މަސްވެރިކަމަށް ނުކުމެ އުޅުނު ހިސާވަނީބަށް ދެވޭނެތޯ؟ ޖަވާބުދެއްވާ! މިހާރު މިވީ ވަރުވެސްމިވީ ދިވެހިރައްޔިތުންނާއި، ޕާޓީތަކުގެ ލީޑަރުންނާއި ގައުމުދެކެ ލޯބިވާ ނޫސްވެރިންގެ ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން. މިއީ މޮޅެއްނޫން!"

މިއަދު އިއްވާފައިމިވާ ނިންމުމަކީ ދިގު ތާރީހެއް އޮތް މައްސަލައެއްގައި ރާއްޖެއަށް ލިބުނު ކާމީޔާބީއެކެވެ.

ރާއްޖެ އާއި މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، މައްސަލަ ނިންމާފައިވަނީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ބުނެ، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ބޭސް ޕޮއިންޓަކަށް ބްލެންހެމް ރީފް ބެލި ނަމަ މޮރިޝަސްއަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ. ނަމަވެސް، ކޯޓުގައި އެގައުމަށް އެކަން ކާމިޔާބު ނުކުރެވުނެވެ.

މައްސަލައަކީ އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޯސް ވަކިކުރި މައްސަލައިގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާ ކުރުމުން ފެށިގެން އައިސްފައިވާ މައްސަލައެކެވެ.