މަސްވެރިކަމަށް ނުކުމެ އުޅުނު "އޯޝަން ލައިފް" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ. އޭނާގެ ލޮލަށް ބުޅި ހެރިފައިވަނީ ގދ.ތިނަދޫއާ އެއްތިރީސް ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައެވެ.

މި ޚަބަރު މިއަދުގެ ހެނދުނު 9:55 ގައި އެމްއެންޑީއެފަށް ލިބުމާ ގުޅިގެން އޭނާއަށް އަވަސް ފަރުވާދިނުމަށް އެސަރަހައްދަށް ވަނީ އުޅަނދެއް ފޮނުވައިފައެވެ. އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެމީހާ ނަގައިގެން އެމްއެންޑީއެފްގެ އުޅަނދުވަނީ ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ ހެނދުނު 11:45 އެހައިކަންހާއިރު އެވެ.

މަސްވެރިކަން ކުރުމުގެ ތެރޭގައި ފަޅުވެރީންގެ ލޮލަށް ބުޅިވަނުން މިހާރުވަނީ އާންމު ކަމަކަށްވެފައެވެ. އެހެންކަމުން ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން ގެންދަނީ ރައްކާތެރި ވުމުގެ ގޮތުން މޫނުނިވާވާގޮތަށް ހުންން ހެލްމެެޓުފަދަ އެއްޗެއް ބޭނުން ކުރުމަށް ނަސޭހަތް ދެމުންނެވެ.