ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެއްޖެއެވެ. ފެންބޮޑުވެ ބައެއްގޭގެއަށް ވަނީ ފެން ވަދެފައެވެ.

އެމްއެންޑީއެފުން މިހާރު ވަނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މަގުތަކުން ފެން ހިއްކުމާއި ގެތަކަށް އިތުރަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ސިފައިން ފަށައިފައެވެ. އެ ސިޓީގައި ފެންބޮޑުވުމުގެ ސަަަބަބުން ބައެއްގޭގެެއަށް ކޮންމެވެސް ވަަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މޫސުމާ ބެހޭޭ އޮފީހުން މިހާރުވެސް ވަނީ އެންމެ ދެކުނުގެ 4 އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މިރޭ އެގާރައާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ.