ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އަދި، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 43 އިންސައްތަވެސް ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެެ ކުންފުނިންވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން:

  1. 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  2. 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  3. 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  4. 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  5. 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުން
  6. އަދި ބްރިޖެއް ހެދުމުގެ އިތުރުން 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ހިންގާ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.