ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރުގައި އޮތް މަނަވަރަކުން އެދިމާއަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރު ދިން ކަމަށް މަސްވެރިންގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމުގައިވާ "މަސްވެރިން އޮންލައިން" އިން ކުރި ޓުވީޓެއްގައި ބުނެފިއެވެ.

މަސްވެރިން އޮންލައިން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސ. މަރަދޫ "ރަހާ"، "މިރާ" ދޯނި އައްޑޫ ގަން ބޮޔާއި ދިމާލަށް އިރު ދެކުނަށް 140 މޭލަށް މަސްވެރިކަން ކުރުމަށް ގޮސްފައިވާ ކަމަށެވެ. އަދި ހުވަދޫ އަތޮޅުގެ ބައެއް މަސްވެރިން ސީދާ ޗާގޯސް އާ ދިމާލަށް 90 މޭލަށް ދިޔަ ކަމަށް އެ މަސްވެރިން މައުލޫމާތު ދޭ ކަމަށެވެ.

ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރުގައި އޮތް މަނަވަރަކުން އެދިމާއަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރު ދިން ކަމަށް މަސްވެރިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ގިނަ ދުވަހު ކަނޑުމަތީގައި މަޑުކޮށްގެން މަސްވެރިކަން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ތިބޭ ޒަމާނީ މަސްދޯނިތަކުން ބޭރުބައެއްގެ އުނދަގުލަކާ ނުލާ އައްޑޫގެ ދެކުނަށް މަސްވެރިކަން ކުރުމަށް ނުކުމެވޭނީ ކިތަށް މޭލަށްތޯ އާއި 140 މޭލަށް ދެވޭނެތޯ ވެސް މި ޓުވީޓުގައި ސުވާލު އުފައްދާފައިވެއެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވި ގޮތާމެދު އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ޤާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުގެ އިތުރުން އާއްމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.