ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވިދާޅުވީ މިއީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ގެނައި ބަދަލެއްކަމަށެވެ.

އެގޮތުން، އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަ ރެއް ވިއްކާނީ 15.14ރ. ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 15.70ރ. ކަމަށެވެ. އަދި މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97ރ. އަށެވެ. ޑީސަލް ލީޓަރެއް 16.32ރ. އަށެވެ. އެހެންވެ މިއީ، ޕެޓްރޯލް ލީޓަރަކުން 83 ލ. އަދި ޑީސަލު ލީޓަރަކުން 62 ލ. ގެ ހެޔޮވުމެކެވެ.

އެސްޓީއޯ އަކީ ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެކެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުންކަމަށްވެސް އެސްޓިއޯއިން ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބާޒާރުގައު ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތައް ގެންނަމުން ގެންނާނެ ކަންވެސް އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.

ތެލުގެ އަގު އުފުލުމުން ދިޔުމަށް ފަހު އެންމެ ފަހުން އަގުހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.