ޖިއާ ޚާން ގެ މައްސަލައިގައި ސޫރާޖް ޕަންޗޯލީގެ ކުށެއް ނެތް ކަމަށް ނިންމައިފިއެވެ.
2013 ވަނަ އަހަރުން ފެށިގެން އަޑުއެހުންތައް ކުރިއަށްދާ ޖިއާ ޚާންގެ މައްސަލަ އެންމެ ފަހުން ނިމުމަކަށް އައީ ސްޕެޝަލް ސީބީއައި ކޯޓުން އޭޕްރީލް 28 ވަނަ ދުވަހު ބޭއްވި "މައްސަލައިގެ ހުކުމް"އިއްވުމުގެ އަޑުއެހުމަށްފަހުގައެވެ. ޖިއާ ޚާން މަރުވިއިރު ރައްޓެހިވެގެން އުޅުނު ސޫރާޖް ޕަންޗޯލީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޖިއާގެ މަންމަ ރާބީ ޚާންގެ ދެމީހުންގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގުމަށް ފަހު އޭނާ އަމިއްލައަށް މަރުވުމުންނެވެ.
ނަމަވެސް އޭޕްރީލް 28 ވަނަ ދުވަހު ކޯޓުން އެ މައްސަލައިން ބަރީއަ ކުރުމުން ފިލްމު "ހީރޯ"ގައި ސުނިލްޝެޓީގެ އަންހެންދަރިފުޅު އާތިޔާޝެޓީއާއެކު ފެނިގެން ދިޔަ ސޫރަޖު ޕަންޗޯޅީ ވަނީ މިހާރު މި ދައުވާއިން މިނިވަންވެފަ އެވެ.
ސޫރާޖް އަކީ ފިލްމީ ބަތަލާ ޒަރީނާވައްހާބް އަދި ބޮލީވުޑްގެ އެކްޓަރު އަދީއްޔާ ޕަންޗޯލީގެ ދަރިއެކެވެ. ސޫރަޖު ޕަންޗޯލީ ބޮލީވުޑަށް ތައާރަފްވީ 2015 ވަނަ އަހަރުއެވެ.
މީގެ އެތައް ދުވަހެއް ކުރިއްސުރެ ޒަރީނާ ވަހާބު ވަނީ އެ މައްސަލައިގައި ދަރިފުޅަށް ކުށެއް ނެތް ކަމަށް ބުނެ ދަރިފުޅަށް ދުއާ ކުރުމަށް އެދި އެންމެންނަށް އިލްތިމާސްކޮށްފައެވެ. ޒަރީނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު މައުސޫމްކަން އޭނާއަށް އެނގެއެވެ. މިއޮއް ދިހަ އަހަރު ބޭކާރު ކޮށްގެން އެންމެން އޭނާގެ ދަރިފުޅަށް ޖިއާހާންގެ މައްސަލައިގައި އަދަބު ދިނުމަށް ޖިއާގެއާއިލާއިން މަސައްކަތް ކުރިއަސް އަމިއްލަ ދަރިފުޅު މިނިވަންވާނޭ މިދުވަހަށް އޭނާ އިންތިޒާރު ކުރަމުން އައި ކަމަށެވެ.
ޖިއާ ހާންއަކީ މަދުދުވަސްކޮޅެއްގައި ބޮލީވުޑްގައި ފިޔަޖެހި ސަޕޯޓިން ރޯލުތަކުން ފެނިގެން ދިޔަ ތަރިއެކެވެ. ޖިއާހާންގެ އަސްލުނަމަކީ ނަފީސާއެވެ. އޭނާ ބޮލީވުޑްގައި ފިޔަޖެހީ ޖިއާގެ ނަމުގައެވެ. ޖިއާހާންގެ އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށްވީ އާމިރުހާންގެ "ގަޖުނީ"އެވެ. އޭގައި ޖިއާ ކުޅެފައިވަނީ ސަޕޯޓިންރޯލެވެ. ޖިއާހާންގެ މަރުގެ ހަގީގީ މައްސަލައަކީ ނަފުސާނީ ގޮތުން އޭނާ އުފުލަމުން ދިޔަ ޑިޕްރެޝަނާއި ގޮތްނޭނގޭ ނަފްސާނީ އެހެންްއެތައް ކަމެއްކަމަށް ވާހަކަ ފެތުރިފައިވެއެވެ.