މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

އެގޮތުން މޫސުމާ ބެހޭ އިދާރާއިން، މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 ފެށިގެން އިރުއޮއްސި 18:30 ހަމައަށެވެ.

އަދި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ މެޓުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސް ވަރެކެވެ. އެގޮތުން މެޓުން ވަނީ އިއްޔެ އާއި ރޭގެއިތުރުން މީގެ އަށްގަޑިއިރުކުރިންވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދުސަމާލު ނެރެފައެވެ.