ހުޅުމާލެ ފޭސް ދޭއްގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓް ވެފައިވަނީ ޖީއެން ސައިކަލެއް ދުއްވާފައި ދިޔަ ޒުވާނަކަށެވެ. އަދި އޭނާގެ ބޮލަށް އަނިޔާވެ، އޭނާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބައިފައި ހުއްޓެވެ.

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި 20 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އަދި މި ޒުވާނާއަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.