ލެ ސިޓީގެ 50،000 ގެއަށް ރީޔޫސަބަލް ކޮތަޅު ބެހުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުންގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ގޮތުގައި މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 50،000 ގެއަށް ކޮތަޅު ބެހުމަށް ވަނީ ނިއްމާފައިއެވެ. އަދި އެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާއިގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކޮތަޅު ބަހަން ނިންމީ ގިނަ ބައެއްގެ މަޝްވަރާއާއެކުގައި ކަމަށް އެކައުންސިލުން ވަނީ ވިދާޅުވެއެވެ.

މީގެއިތުރުން އެ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފަށާފައި ވަނިކޮށެވެ. އަދި 25 ކޮތަޅު ހިމެނޭ ރީޔޫސަބަލް ކޮތަޅު ޕެކު ހެދުމަށެވެ. މިކަމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެކައުންސިލުން ވަނީ ލަފާކޮށްފައެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާފައިވަނީ އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.