މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އެ ސަމާލުގައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 ހަމައަށެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަކީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
އަދި ބޯކޮށް ވާރެވެހި ގުގުރުމުގެ އިތުރުން، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ. ކަނޑުތައް ގަދަވާނޭ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.