އިއްޔެއާއި މިއަދާ ދެ ދުވަހުގެ ކަރަންޓު ލޯޑް ހުރި މިންވަރު އަންދާޒާ ކޮށްލާ ތަފާތާ މެދު ވިސްނާލުމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ (އެމްޑީ) އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެންވިދާޅުވީ ކޮންމެ އަހަރެއްގައިވެސް މާރިޗް، އޭޕްރީލް ފަދަ ހޫނު ދުވަސްވަރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ހިއްސާ ކުރެއްވި ތަފާސް ހިސާބަށް ބަލާއިރު، މާލެ ސަރަހައްދުގައި އިއްޔެގެ މެންދުރުފަހު 3:00 ވީ އިރު، ޖުމްލަ ކަރަންޓު ލޯޑު ހުރީ 93،026 އެވެ. އެއީ މާލެއިން 66،051 އަދި ހުޅުމާލެއިން 23،458 އެވެ.

މިއަދުގެ 3:00 ގައި މޭލާގެ ކަރަންޓު ލޯޑް ހުރީ 53،343 ގައި އަދި ހުޅުމާލޭގެ ކަރަންޓު ލޯޑް ހުރީ، 18،843 ގައި ކަމުން ޖުމްލަ ލޯޑް ވަނީ 74،727 އަށް އަރާފައެވެ. އެހެންކަމުން އިއްޔެއާއި މިއަދުގެ ކަރަންޓު ލޯޑް ހުރި ޖުމްލައަށް ބަލަންޏާ 18،299ގެ ތަފާތެއް އެބަހުއްޓެވެ. މާނައަކީ މިއަދު ކަރަންޓު ލޯޑް ދަށްވެފައިވާކަމެވެ.

ދެ ދުވަހުގެ އެއް ވަގުތެއްގައި ބޭނުންކުރާ ކަރަންޓު ލޯޑުން ވަރަށް ބޮޑު ތަފާތެއް އެބަ ފެނެެއެވެ. 18000 ގެ ފަރަގެއް އުޅޭ އިރު މިއަދު ކަރަންޓު ލޯޑް ދަށްވެެން ދިޔައީ ކީއްވެ ތޯ އެއީ ކޮންމެ މީހަކު އަންދާޒާ ކޮށްލުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

މިއަދަކީ ފިނި ދުވަހެއް ކަމުން ފިނި ކުރުމަށް ބޭނުން ކުރާ އެއާކޮންޑިޝަންތަކުން ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެގެން ދިއުމަކީ މިއަދު ކަރަންޓު ބިލު ދަށް ވުމަށް ދިމާވި ސަބަބު ކަމަށް ބެލެވެއެވެ.