މިއަދު ފާހަގަ މިކުރެވެމުން ދާ ދުނިޔޭގެ އަތުގެ ސާފުތާހިރު ކަމުގެ ދުވަސް އާދެ! އަތްދޮވުމުގެ ދުވަސް ފާހަގަ ކުރަން ފެށިފައިވަނީ 2008 ވަނަ އަހަރުގައެވެ. "ގްލޯބަލް ހެންޑްވޮޝިން ޑޭ" އަކީ ގްލޯބަލް ހެންޑްވޮޝިން ޕާޓްނަޝިޕް (ޖީއެޗްޕީ) އިން 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ސްވިޑެންގެ ސްޓޮކްހޯމްގައި ކޮންމެ އަހަރަކު ބާއްވާ ވޯލްޑް ވޯޓާ ވީކްގައި ފެށި ދުވަހެކެވެ. އެހެންކަމުން ފުރަތަމަ "ގްލޯބަލް ހެންޑްވޮޝިންގ ޑޭ" ބާއްވާފައިވަނީ 15 އޮކްޓޯބަރ 2008 ގައި އެވެ. އެއީ އދ އިން ކަނޑައެޅި ތާރީހެކެވެ. މިއަދުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ
"އެކުގައި ފިޔަވަޅު އަވަސްކުރުން. ދިރިއުޅުންތައް ސަލާމަތްވުން" މިއެވެ.
މާނައަކީ އެންމެން އެކުއެކީގައި ފިޔަވަޅު އަވަސްކުރުމުން އެތައް ފުރާނައެއް ސަލާމަތް ކުރެވޭނެ އޭ އެވެ. މިތަނުގައި ފިޔަވަޅު އިޝާރާތް ކުރަނީ އަތް ދޮވެސާފުކުރުމަށެވެ.
ދާދި އިހަކަށް ދުވަހު މުޅި ދުނިޔެ ސިއްސުވާލި އަދި ނުރައްކަލާއި މަރުގެ އިންޒާރަކަށް ވެގެން ދިޔަ ކޮވިޑް-19 އިން ސަލާމަތްވުމަށް އެންމެ ބާރުއެޅި އެންމެ ސަމާލުކަން ދިނުމަށް ހުރިހާ ފަރާތަކުން އެންމެހާ ފަރާތްތަކަށް ގޮވާލީ ކޮންކަމެއްކަން ވިސްނާލަމާ ހިނގާށެވެ. މުޅި ދުނިޔެ އެބަލިން ސަލާމަތް ވުމަށް ކުރަމުން ދިޔަ ހަނގުރާމައިގެ އަސްލު ހަގީގީ ފަތަހަވުން އޮތީ "އަތް ދޮވެ ސާފު" ކޮށް ބެލެހެއްޓުމުންނެވެ..
އަތް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ހާއްސަ 5 ހިނދުކޮޅެއް ނުވަތަ ވަގުތެއް ފާހަގަ ކުރެވިފައިވެއެވެ. އެހެން ފަހަރުތަކުގައި ވެސް އަތް ބަހައްޓަން ޖެހޭނީ ދޮވެ ތާހިރުކޮށެވެ. މާނައަކީ ކުލައާއި ވަހާއި ރަހައިން ސާފުކޮށް ހުންނަން ޖެހޭ ވާހަކައެވެ.
އެހެންނަމަވެސް ކަނޑައެޅިފައިވާ ހާއްސަ 5 ހިނދުކޮޅަކީ ވަކިން އަތް ދޮވެ ސާފުކުރަން ޖެހޭ ވަގުތެވެ.
އެއީ ޖެހިޖެހިގެން އެވަގުތުތައް ތަކުރާރު ވިކަމުގައި ވިޔަސް
އަތް ދޮވެ ސާފު ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ 5 ވަގުތެވެ. އެއީ
- 1 - ބަލިމީހެއްގެ ގައިގައި އަތްލުމުގެ ކުރިން.
- 2 - ސިއްހީ ފަރުވާގެ ކަމެއް ފެށުމުގެ ކުރިން. (ޕްރޮސީޖަރެއްގެ ކުރިން)
- 3 - ސިއްހީފަރުވާގެ ކުރަން ފެށިކަމެއް ނިންމާލުމަށްފަހު. (ޕްރޮސީޖަރެއްގެ ފަހުން)
- 4 - ބަލިމީހެއްގެ ގައިގައި އަތްލުމަށްފަހު.
- 5 - ބަލިމީހެއްގެ ވަށައިގެންވާ މާހައުލުގައި ތަނެއްގައި އަތްލެވިއްޖެ ހާލަތެއްގައި އަތްލުމަށްފަހު.
ސިއްހީ ފަރުވާ އެންމެ ރަނގަޅު ވަގުތުގައި ދިނުމުގެ އިތުރުން އަތް ސާފުތާހިރުކޮށް ގެންގުޅުމުގެ ސަބަބުން ކޮންމެއެހެން މަސައްކަތްތެރިންނަށް އަހަރަކު ވެސް އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރެވެ އެވެ. މިއީ އިންވެސްޓް ކުރާ ކޮންމެ ޑޮލަރަކަށް ހާއްސަ ބަދަލެއް ލިބޭ މޮޅު އިންވެސްޓްމަންޓެކެވެ. ސާފުތާހިރު ފަރުވާއަކީ ފަރުވާ ހޯދާ މީހުންނަށް އިޙްތިރާމް ކުރުމުގެ ނިޝާނަކަށް ނުވަތަ ހެއްކަކަށް ވާއިރު، އޭގެ ސަބަބުން އަމިއްލަ ސިއްހަތާއި އިތުރުން ސިއްހީ ފަރުވާ ދޭ ފަރާތްތައްވެސް ރައްކާތެރިކޮށްދީ ސަލާމަތްކޮށްދެއެވެ.