ލާމުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ އެ ސަރަހައްދަށް ހުދުސަމާލު ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ވީލާގަނޑު ނޫން ވަގުތުތަކުގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. މީގެ އިތުރުން ކަނޑުތައް ގަދަވުމާއި އުދައަރާނޭ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. އެލާޓު ނެރެފައިވަނީ މެންދުރު 12 އިން ހަވީރު 5 އަށެވެ.

ވިއްސާރަދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.