މިއަދު ވެސްޓްމިންސްޓާ އެބީގައި ބޭއްވި، ރަސްގެފާނު ޗާލްސް3 ރަސްކަމުގެ ތަހުތުގައި ވެޑުވުމާއި ރާނީ ކެމިލާގެ އިސްތަށިފުޅުފައި ރާނީ މޭރީގެ ތާޖު ތުރުކުރެއްވުމުގެ ހާއްސަ ރަސްމިއްޔާތުގެ އުސްއަލިތަކުގެ ތެރެއިން ތާރީހީ ތަސްވީރުތައް.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ރަސްކަމުގެ ތަހުތުގައި ވެޑުވުމާއި ތާޖު އެރުވުމަށް ބޭއްވި ޝާހީ މިރަސްމިއްޔާތަށް ވެސްޓްމިންސްޓާ އެބީއަށް އެތައް ސަތޭކަ މަތީ ފަންތީގެ މެހެމާނުން ހާޒިރުވުމުގެ އިތުރުން މިއަދު ލަންޑަނަށް ވިއްސާރަވެ، ވާރޭ ވެހުނު ނަމަވެސް ލަންޑަނުގެ މެދުތެރެއަށް ދިހަހާހަށްވުރެ ގިނަ މީހުން އެއްވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗާލްސް ރަސްގެފާނަށް ވެވަޑައިގަތީ އޭނާގެ މަންމަ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުންނެވެ. އަދި މިހޮނިހިރު ދުވަހު ރަސްކަމުގެ ތަޚުތުގައި ވެޑުވުމާއި ރަސްމީ ތާޖު އެޅުވުމުގެ މިރަސްމިއްޔާތަށް ޕްރިންސް އެންޑް ޕްރިންސެސް އޮފް ވޭލްސް އާއި އެކު ޕްރިންސެސް ޝާލޮޓް އާއި ޕްރިންސް ލޫއީ ވެސްޓްމިންސްޓާ އެބީއަށް ވަޑައިގަތެވެ.

ޕްރިންސް އެންޑް ޕްރިންސެސް އޮފް ވޭލްސް އާއި އެކު ޕްރިންސެސް ޝާލޮޓް އާއި ޕްރިންސް ލޫއީ

ރަސްމިއްޔާތަށް ޕްރިންސް ހެރީ ވަޑައިގެންނެވުން

ރަސްގެފާނު ޗާލްސް3 އަށްފަހު ރަސްކަމުގެ ތަހުތުގެ ވާރިޘް ޕްރިންސް ވިލިއަމްސް ބައްޕާފުޅުގެ ތާޖުގައި އަތްޕުޅު ބީއްސަވައި ބައްޕާފުޅާއި ހާންދާނުގެ މައްޗަށް ވަފާތެރިވެވަޑައިގެންނެވުމަށް ވައުދުވެވަޑައިގެންނެވުން.

ރާނީ ކެމިލާއަށް ރާނީމޭރީގެ ތާޖު އެރުވުން

ރަސްކަމުގެ ދަރުބާރުން ތަހުތުގައި ވެޑުވުމަށްފަހު ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގެންނެވުން، ލަންޑަނަށް ވާރޭ ވެހުނު ނަމަވެސް ރަސްގެފާނު ޗާލްސް3 ލަންޑަނުގެ މަގުތަކަށް ނުކުމެވަޑައިގެންނެވުން.

ރަސްގެފާނު ޗާލްސް3 އާއި ރާނީ ކެމީލާ، ޝާހީ ގާޑިޔާކޮޅުގައި ވަޑައިގެންނެވުން