ޖޫންމަހު ނެރޭ ގޮތަށް ހަބަރު ފެތުރިފައި ވަނިކޮށް ޝާހްރުކްޚާންގެ "ޖަވާން" އަނެއްކާވެސް ސެޕްޓެމްބަރަށް ފަސްކުރިކަން އިއުލާންކޮށްފިއެވެ. ފިލްމު ފަސްކުރިކަން އިއުލާން ކުރީ ފިލްމު ރިލީޒްކުރުން ފަސްކުރާނެކަމުގެ ވާހަކަތަކެއް މީޑިއާގައި ދެކެވެމުންދާތާ ދެ މަހެއްހާ ދުވަސް ފަހުންނެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ޖަވާން" އަކީ އެކްޝަން ތުރިލާއެކެވެ. މީގެ ކުރިންވެސް ޝާހު ފެނިގެން ގޮސްފައިވާ ޑުޕްލިކޭޓް، ޑޮން ފަދަ ފިލްމުތަކެކޭ އެއްގޮތަށް މީގައިވެސް ޝާހްރުކް ފެންނާނީ ޑަބަލް ރޯލަކުންނެވެ. މިފިލްމަކީ އިންޑިޔާއާއި މުޅި ދުނިޔެވެސް އެފިލްމެއްގެ ޖާދޫގައި ޖެހި އަދިވެސް އަޑުތައް މަޑުނުވެ ގަދަވެފައިވާ ޝާހުގެ ސުޕަޑުޕަ ހިޓް އަދި ބޮކްސް އޮފީހުގައި މުޅިން އާ ރެކޯޑްތަކެއް ހެދި "ޕަޓާން" އަށް ފަހު ރިލީޒްވާ ޝާހުގެ ހާއްސަ ފިލްމެއްކަމުން މިއަށް ކުރެވޭ އިންތިޒާރީ އާއި އުންމީދުތައް ވަރަށް ބޮޑެވެ. އަމުދުން އެޓްލީއާއެކު ކުޅޭ ފިލްމަކަށްވެފައި މީގެއިން އެޓްލީ ފެންނާނެތީވެސް މިއީ އިންތިޒާރު ކުރެވޭ ފިލްމަކަށް ވަނީ ވެފައެވެ.

"ޖަވާން" ގެ ކާސްޓްގައި ހިމެނެނީ ބޮލީވުޑާއި ދެކުނުގެ މަޝްހޫރު ތަރިންނާއެކު ހިމެނިފައިވާ މިކާސްޓްގައި ލީޑް ބަތަލާ އަކީ ނަޔަންތަރާ އެވެ. އިތުރަށް ސުނިލް ގްރޯވާ، ސާނިއާ މަލްއުތުރާ، ޔޮގީ ބާބޫ، ވިޖޭ ސެތުޕަތީ، ޕްރިޔަމަނީ އަދި ޓީވީ ބަތަލާ ރިދީ ޑޮގްރާ އާއި އާސްތާ އަގަރްވާލް ހިމެނެ އެވެ.

އަދި މީގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯން އާއި ދެކުނުގެ ސުޕަސްޓާރުން ކަމަށްވާ ވިޖޭ އަދި އައްލޫ އަރުޖުން ފެންނާނެ އެވެ. މިފިލްމުން އައްލޫއަރްޖުންއާއި ވިޖޭ ފެނުމަކީ މިފިލްމު އިތުރަށް ހާއްސަވެ މީހުންގެ އިންތިޒާރު ބޮޑުވާ ސަބަބެކެވެ.