ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެންކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ 46.55 މިލިއަން ރުފިޔާއަށް ސަރުކާރުން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެވެ.

އާބާދީގައި 678 މީހުން ދިރިއުޅޭ ކިނޮޅަހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށް އުޅެނީ މަސްވެރިކަމާއިދަނޑުވެރިކަމެވެ. .އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަން ކުރާ 3 އޮޑިފަހަރު އޮންނައިރ،ު ކަނޑުމަހުގެ މަސްވެރިކަން ކުރާއެއް އޮޑިއެއް އޮވެއެވެ. ދަނޑުވެރިކަމަށް ބަލާލާއިރ،ު ކައުންސިލުން ދޫކޮށްފައިވާ 4,000 އަކަފޫޓުގެ 62 ބިމުގައި މިހާރުވެސްރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދާކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މީގެއިތުރުން، ކިނަޅޮހަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހަންމަލު ކުރަމުން އައިސްފައިވާ ރަށެކެވ.ެ އެގޮތުން ދެ މޫސުން ބަދަލުވާއިރުރަށުގެ ނެރަށް ވެލި ވަނުމުގެ ސަބަބުން ބަނދަރު ތިލަވ،ެ ނެރު ބެދުމަކީ މީގެ ކުރިން މި ރަށުގައި އާންމު ކަމެކެވެ. ނަމަވެސް ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ނިމިފައިވުމާއެކ،ު މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖެހިފައިވުމާއެކ،ު ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އެކުންފުނިން ޤަބޫލުކުރައްވާ ކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

މި ބަނދަރާއިއެކ،ު ކިނޮޅަހު ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައަކާއ،ި ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށާއި އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަންލިބ،ި ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކ،ު އުޅަނދުފަހަރަށް ފަސޭހައިންގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ކިނަޅޮހުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 31,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ،ި 15,252 ކިއުބިކްމީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއ،ި 1,920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރުފުންކުރުމާއ،ި 6,100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއ،ި 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއ،ި 172.30 މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއ،ި 285 މީޓަރުގެ ސަރަޙައްދެއްގައިބޭރުތޮށި ލުމާއ،ި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 130 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1,884 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއ،ި ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި ބީކަން ހަރުކުރުމާއ،ިމޫރިންގ ބްލޮކްސް ހަރުކުރުމާއ،ި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވ.ެ 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.