މިރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް ހުރިހާ ފިިކުރެއްގެ މީހުން ވެސް އައުމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނު ގޮވާލައިފިއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ރައްޔިތުން އެދޭގޮތަކަށް ނޫންކަމަށާއި ރާއްޖޭގެ މުސްތަގުބަލު އުޖާލާކުރެވޭނީ ގައުމަށް ވަފާތެރިވެ ތިބެ މާތްﷲ ގެ ވާގިފުޅަށް އެދިތިބެގެން ގައުމަށް ވަފާތެރިވެގެން ކަމަށެވެ.

އަދި މިރޭ އޮންނަ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ އަދި ހުރިހާ ސިޔާސީ ފިކުރެއްގެ ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅުން "ވިސްނާ" ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

ޖަލްސާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ވަނީ ހުއްދަ ދީފައެވެ. ޖަލްސާގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން އިދިކޮޅުގެ އިސް ބޭފުޅުން އިއްޔެ ވަނީ ފުލުހުންނާއިވެސް މަޝްވަރާ ކޮށްފައެވެ.