މިއަދު މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމުގައި ސްޓެލްކޯ ދެންމެ ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ސަރަޙައްދުތަކަކީ މައްޗަންގޮޅީގެ، ނިކަގަސް މަގާއި، ގުމްރީ ގޯޅިން ކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް މެނދުކަނޑާލަން ޖެހެނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ކުރުމަށެވެ. އަދި އެ މަސައްކަތްތައް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިވަޑައިގަންފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޚިދުމަަތްތެރި ކުންފުންޏެވެ.