ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށާއި އެކަނި ނަމަވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ގާސިމް އިއުލާން ކުރެއްވި ފަހުން، އިސްވެ ކެމްޕެއިނަށް މާ ގިނަ މަސައްކަތްތައް ނުކުރައްވައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވާ ގޮތެއް ބެއްލެވުމަށް މަޑުން ހުންނަވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މިޝައްކުތަކާއި އަޑުތަކަށް ރައްދު ދެއްވަމުން ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ގާސިމް ވަނީ އޭނާ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކޮށްގެން ނުވާނެކަމަށް ވިދާޅުވެފައެވެ.
ކައުންސިލްގެ އިސްމެންބަރުން ހާމަކުރައްވާފައިވާ ގޮތުގައި އެކަނިނަމަވެސް އިންތިހާބަށް ނުކުންނަވާނެ ކަން ސޯޝަލްމީޑިޔާގައި ސާފުކޮށް ހިއްސާ ކޮށްދެއްވުމަށް ގާސިމް ވަނީ މެންބަރުން ގާތުން އެދިވަޑައިގެންފައެވެ.
ގާސިމް މިހާރު ވަނީ ރިޔާސީ އިންތިހާބަށް ޖޭޕީ އަށް މެމްބަރުން އިތުރުކުރުމުގެ ކެމްޕެއިނެއް ވެސް ފައްޓަވައިފަ އެވެ. އެގޮތުން އިއްޔެއާއި މިއަދުވެސް ކުރައްވާފައިވާ ޓުވީޓުގައި އެ ދާއިރާގެ ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުން އަންނަ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
"މާމިލިގިލި ދާއިރާގައި ހިމެނޭ އދ މާމިގިލި އަދި ފެންފުއްޓަކީ ޒަމާނުއްސުރެ ޖުމްހޫރީ ޕާޓީއަށާއި އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތްތަކަށް ނުހަނުބޮޑު ތާއީދެއް ދެއްވަވަމުން ގެންދަވާ ރައްޔިތަކު ދިރިއުޅުއްވާ ދެ ރަށް. އިއްޔެވެސް 72 މެމްބަރުން އަޅުގަނޑުމެންނާއި ގުޅިފައިވާ އިރު ފާއިތުވި ދެތިން ހަފްތާގައިވެސް މާމިގިލި ދާއިރާއިން ވަނީ ޖުމްހޫރީ ޕާޓީ އާއި އަލަށް 116 މެންބަރުން ގުޅިވަޑައިގެންފައި." ޓުވީޓުގައި ގާސިމް ވިދާޅުވެފައިވެއެވެ.
އަދިވެސް އިތުރަށް ވިދާޅުވީ އަލަށް ގުޅިވަޑައިގަތް އެންމެހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރުދަންނަވާ ކަމަށެވެ. އަދިވެސް އިތުރަށް ވިދާޅުވެފައިވެއެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުން 18 އަހަރުން މަތީގެ އެކި އުމުރުފުރައިގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މި ފަށާފައިވާ #Q2023 ދަތުރުގައި ބައިވެރި ވަޑައިގަތުމަށް ދައުވަތު އަރުވަން،"
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމްގެ އިތުރުން ކުރީގެ ރައީސް ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމެވެ. އަދި އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިން އަމިއްލަ ގޮތުން ވާދަކުރައްވާނެކަމަށް ވަނީ އިއުލާންކޮށްފައެވެ.
ފެންފުށި، މާމިގިލި މީހުން ވޯޓްލީމަ އޮންނާނެ ރައީސްކަން ލިބިފާ ގާސިމް ޭޭަަޭޭަަޭޭަަޭޭަަޭޭަަޭޭަަޭޭަަޭޭަަގަދަ