މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ދާދި ދެންމެ ނެރެފައިވާ ހުދުސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާކުރައްވާފައެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 15:00 އަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.