ނެފީއެއް ޖަހައިގެން އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ދިވެއްސަކު، އިންޑީޔާގެ ކޮޗިން އެއާޕޯޓުން މިއަދު ހައްޔަރުކޮށްފިއެވެ.

ބަރުދަނުގައި 300 އަށް ވުރެ ގިނަ ގްރާމުގެ މަސްތުވާތަކެތި ނެޕީއެއްގެ ތެރޭގައި ފޮރުވައިގެން އިންޑިޔާއިން މާލެއައުމަށް އެއާޕޯޓަށް ގޮސް ހުއްޓައި ހައްޔަރުކޮށްފައި ވަނީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހެކެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޔޫސުފް ފުއާދު ނަމަކަށް ކިޔާ މީހަކު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަޅާފައިވާ 33 ކެޕްސޫލް ފޮރުވާފައި ހުރީ ނެޕީއެއްގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ހުރީ އެނެޕީ ޖަހައިގެން ކަމަށެވެ.

އެ މަސްތުވާތަކެތީގެ ބަރުދަނުގައި 325.5 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގަކީ 40 ލައްކަ އިންޑިއަން ރުފީސް (747,901ރ.) އަށް އަރާނެ ކަމަށްވެސް ބުނެފައިވެއެވެ. ޓުވީޓާއެކު އެމީހާގެ ވީޑިޔޯއެއްވެސް ހިއްސާކޮށްފައިވެއެވެ.

https://twitter.com/CISFHQrs/status/1656989585661128706?s=20

ސީއައިއެސްއެފްގެ ވީޑިއޯއިން ފެންނަނީ އޭނާ ޖަހައިގެން ހުރި ނެޕީ ނައްޓާލުމަށް ފަހު މަސްތުވާތަކެއްޗާއެކު އެ ނެޕީ ހަވާލުކުރާ މަންޒަރެވެ.

އެ މައްސަލައިގެ އިތުރު ތަހުގީގު ކުރުމަށް އެމީހާ ކޮޗިން އެއާޕޯޓުން ހައްޔަރުކޮށް މިހާރު ވަނީ އިންޑިއާގެ ނާކޮޓިކްސް ސެންޓަރަލް ބިއުރޯ (އެންސީބީ)އާ އެންސީބީއާ ހަވާލުކޮށްފައި ކަމަށް އެސީއައިއެސްއެފް އިން ވަނީ ބުނެފައެެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.