އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން 10 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމައިފިއެވެ.

މި ނިންމުމުގެ ދަށުން ފަތުރުވެރިން ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.

ކަރަންޓީނުވާން ޖެހޭނީ ހަމައެކަނި އެގައުމުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން އެކަންޏެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާދަމާ އިން ފެށިގެން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މިފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުހަށްފަހު އަދި 10 ދުވަހަށް ފަހު ކޮވިޑަށް އަށް ޕީސީއާރް ޓެސްޓު ހަދަން ވެސް ވަނީ ނިންމާފައެވެ.

މި ބަދަލު ގެނެސްފައި މިވަނީ އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ވައްތަރެއް ފެތުރެމުންދާތީ، އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.