މިމަހުގެ 13 އިން 17 އަށް ކުރިއަށްދާ އިންޓަނޭޝަނަލް ހޭންޑް ބޯލް ޓްރޮފީ އޭޝިޔާ ޒޯނުގެ ދޭއްގައި ވާދަ ކުރުމަށް ރާއްޖޭގެ 19 އަދި 17 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯލް ޓީމު ބަންގްލަދޭޝްއަށް ހިނގައްޖެއެވެ.

އޭޝިޔާ ޒޯނު 2 ގައި ހިމެނެނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިޔާ އަދި ނޭޕާއެވެ. ފައިނަލަށް ދާނީ ލީގް އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެގައުމެވެ. މިޒޯނުން ޗެމްޕިއަންކަން ހޯދާ ގައުމު ބައްރުތައް ވާދަކުރާ މުބާރާތަށް ކޮލިފައިވާނެއެވެ.

ތިންވަނަ އާއި ހަތަރުވަނައަށްދާ ދެގައުމުގެ މެދުގައި 3 ވަނަ ހޮވުމަށްވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ މެޗުގައި މިއަދު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އިންޑިޔާ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މިމުބާރާތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ހަސަން ފަހީމެވެ. 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ އިސްމާއިލް ޒައިދެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އެމް މަންސޫރު ނެޝަނަލް ހޭންޑް ބޯލް ސްޓޭޑިއަމްގައެވެ.