ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްއަށް ވަޑައިގެންނެވި، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފްގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްވި ރޭގަނޑުގެ ފަރިކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިފަރިކޮޅު އޮތީ މިރޭ ޑާކާ އިންޓަރކޮންޓިނެންޓަލް ހޮޓެލްގައެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި އެމަނިކުފާނު ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، 6 ވަނަ އިންޑިއަން އޯޝަން ކޮފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ބަންގްލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.