މ. މަޑުއްވަރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފެށިއްޖެކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އަދި މިހާރު ކުރިއަށްދަނީ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން:
- 38,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
- 54,093 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 18,578.60 ކިއުބިކް މީޓަރުގެ އިތުރު ސާމާނު ފުންކުރުން
- 111,471 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
- 600 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
- އަދި 122 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 48.19 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.