ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އެރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާރކްގައެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރީލް 2023 ގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ޖަލްސާގައި ބައިވެރިވުމަށާއ،ި ވޯޓިންގ ޕޯޓަލްއަށް ލޮގްއިން ކުރުމަށް ބޭނުންވާ އިރުޝާދުތައް ޖަލްސާއަށް ރަޖިސްޓަރީކުރާއިރު ހިއްސާދާރުން ރަޖިސްޓަރީ ކުރާ ފޯނު ނަންބަރަށް އެސްއެމްއެސްއެއްގެޒަރިއްޔާއިން ފޮނުވޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ޖަލްސާގައި ބައިވެރިވާ މެންބަރުންކަމަށް ބެލެވޭނ،ީ އެކުންފުނިން ފޮނުވާ އެސްއެމްއެސްގައި ބަޔާންކުރާ އިރުޝާދުތަކާއި އެއްގޮތަށ،ް 31 މޭ 2023 ވަނަ ދުވަހުގެ 20:00 އިން 20:25 އާއި ދެމެދު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށ،ް "އެސްޓީއޯ އ.ޭޖ.ީއެމް ޕޯޓަލް" ގައި ލޮގްއިން ކޮށްފައިވާ މެންބަރުން ކަމަށް ވެއެވެ.

އަދި ޖަލްސާއަށް ހާޒިރުވާ ފަރާތްތަކުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް ގެންދަވަންވާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.