ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކު ގެސްޓްހައުސް އަކަށް ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މިރޭ 19:43 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަަށެވެ.

މިމައްސަލައާ ގުޅިގެން 40 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޚާއްސަ އެހީއަށް ބޭނުންްވާ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ގެންގޮސްފައި ވަނީ ގެސްޓްހައުސްއެއް ގޮތުގައި މާލޭގައި ހިންގާ ތަނަކަށް ކަމަށް ވެސް ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.