މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިޔަރު ހަމަލާދީފައިވަނީ ގދ. ތިނަދޫ "ކަޅިރަވަ" ދޯނީގައި މަސައްކަތް ކުރާ ބިދޭސީ އަކަށެވެ.

ބަނގުލަދޭޝް މީހާ މޫދަށް ވެއްޓުނީ ބިދޭސީ މީހާ މޫދަށް ވެއްޓުނީ އެސަރަހައްދުން މަސް އައިނެއް ފެނިގެން މަސް ބާނަން އުޅެކިކޮށް ކަމަށާއި އޭނާއަށް ހަމަލާދިން މިޔަރުގައި 8 ފޫޓް ވަރު ހުންނާނެކަމަށް ބެލެވޭކަމަށްވެސް އެ ދޯނިީގެ ބައެއް މީހުން ބުނެފައިވެއެެވެ.

އަދި އެ މީހާގެ ކަނާއަތަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި ފައިތިލައަށްވެސް ޒަހަމްތަކެއް ލިބިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.