"ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓު ޕްރޮޖެކްޓް" ދަށުން މަސްވެރީންނަށް ޚާއްސަ ކޮށްގެން ޕްރޮފެޝަނަލް ޑައިވް ތަމްރީން ކޯހެއް ހިންގަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ނިންމަވައިފިއެވެ.

މި ކޯހުގެ އިތުރަށް އެހެން ދެ ކޯހެއް ވެސް ހިންގަން މިނިސްޓްރީން ވަނީ ނިންމަވައިފައެވެ. އެއީ ޑައިވް މާސްޓަރ ކޯހަކާއި،

ޑައިވިން އިންސްޓްރަކްޓަރ ޑިވެލޮޕްމެންޓު ކޯހެކެވެ.

މީގެ ކުރީން މީގެ ދެ ބުރެއްވަނީ ހިންގައިފައެވެ. މިފަހަރު އިޢުލާން ކުރީ މީގެ ތިންވަނަ ބުރަށެވެ. މި ބުރުގައި ކޯސްތަކުގައި ބައިވެރިވުމަށް އެދުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ އެއްތިރީސް ވަނަ ދުވަހުއެވެ.

މީގެ ކުރީގެ ދެބުރުގައި ހިންގާފައިވަނީ ޑައިވް މާސްޓަރ ކޯހާއި، އިންސްޓަރަކްޓަރ ކޯހެވެ. އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި މިހާތަނަށް ވަނީ ދުއިސައްތައަށްވުރެ ގިނަ ދިވެހީން ތަމްރީން ކޮށް ސެޓުފިކެޓް ދީފައެވެ.

މިއީ ކޮވިޑްގެ ސަބަބުން ވާޒީއަށް އަސަރުކުރި ނުވަތަ ވަޒީފާ ގެއްލުނު މީހުން އަލުން ވަޒީފާއަކަށް ނުކުތުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދައިދީ ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ މަަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން އަކައުންޓިން، އައިސީޓީ، ސެކިއުރިޓީ ދާއިރާއިން ވެސް މީހުން ތަމްރީން ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.

މިނިސްޓްރީން މިފަހަރު އިޢުލާންކުރި ކޯސްތައް ހިންގައިދޭނޭ ސެންޓަރުތައް ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ.