ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިކަމަށާއި އަދި ރޭމްޕް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން އެކުންފުނިން ވިދާޅުވީ ޖެޓީގެ ކޮލަމް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ 52 އިންސައްތަ ފުރިހަމަކުރެވިފައިކަމަށެވެ.

އަދި އެރަށުގެ ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މިހާރުވަނީ ނިމިފައިކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ

މި މަޝްރޫޢުގެ ދަށުން ، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.