ކާބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އިރުގެ އަވިން އުފައްދާ ހަކަތަ ނުވަތަ ސޯލާ ކަރަންޓު ބޭނުން ކޮށްގެން ހިންގާ ގޮތަށް 4 ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް އެންވަޔަރމަންޓް މިނިސްޓްރީއިން ޗައިނާގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

ސޯލާ ހަކަތައިން ހިންގާ ގޮތަށް އައިސްޕްލާންޓްތައް ޤާއިމް ކުރުމަށް ނިންމަވާފައި ވަނީ ނ.ލަންދޫ، ތ.ބުރުނީ، ތ.މަޑިފުށި އަދި ތ.ވިލުފުށީގައެވެ.

އައިސް ޕްލާންޓްތައް އަޅަން ހަވާލުކުރައްވާފައިވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑް"އާއެވެ.

މި މަޝްރޫޢުގެ ދަށުން ނ.ލަންދޫ، ތ.މަޑިފުށި އަދި ތ.ވިލުފުށި، މިއިން ކޮންމެ ރަށެއްގައި ޤާއިމް ކުރާނީ 15 ޓަނުގެ އައިސްޕްލާންޓަކާއި 30 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެވެ. ތ.ބުރުނީގައި ޤާއިމް ކުރާނީ 5 ޓަނުގެ އައިސްޕްލާންޓަކެކެވެ. މިތަނުގައި 15 ޓަނުގެ ސްޓޯރޭޖް ކެޕޭސީޓީވެސް ޤާއިމް ކުރާނެއެވެ.

ރާއްޖޭގައި އެންމެފުރަތަމަ އިރުގެ ހަކަތައިން ހިންގާ ގޮތަށް އައިސްޕްލާންޓެއް ޤާއިމް ކުރެވުނީ 2016 ވަނަ އަހަރު ކ.ދިއްފުށީފައެވެ.