އެމްޓީސީސީއިން ކުރިއަށް ގެންދާ އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 64,416 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 6,770 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 2324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ރޭމްޕެއް ހެދުމާއި، ޖެޓީ އެއް ހެދުން
  • އަދި އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މި މަޝްރޫޢަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.