ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އަބްދުއްނާފިއު ހޯދަން އިއުލާން ކުރުމުން، މިރޭ އެކުއްޖާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.

ރޭގެ ވަގުތެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ވަނީ އަންގާފައެވެ.

ރިޕޯޓް ކޮށްފައި ވަނީ އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ ޅ. ކުރެންދޫ/ ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް ނަމަކަށް ކިޔާ ސަތާރަ އަހަރުގެ ފިރިހެންކުއްޖެކެވެ.