މާލެ ސަރަހައްދުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވެމްކޯއިން ކުންޏަށް ފީ ނަގާނީ 34އަށް ވުރެ ގިނަ ކަރަންޓު ޔުނިޓު ބޭނުންކުރާ ގޭބީސީތަކުން ކަމަށް ކެމްކޯއިން ބުނެފިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އިއްޔެ އެންވަޔަރަމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރަންޓު ބިލާއި ކުނި އުކާލުމުގެ ބިލު އެއްކޮށްލުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުންނެވެ.ކަރަންޓުބޭނުންކުރާ ފަރާތްތަކުން 34 ޔުނިޓުއަށްވުރެ ގިނައިން އަރާނަމަ ކުނީގެ ބިލް ފޮނުވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ އެއް މީޓަރަށް ވުރެ ގިނަ މީޓާރު ހުންނަނަމަ ގޭގެއިން ވެމްކޯއިން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުމުން އެ ކޯޕަރޭޝަނުގެ ޓީމަކުން ސާވެ ކުރަން ދާނެ ކަމަށާއި ސާވެއަށް ފަހު އެއީ އެއް އާއިލާއެއް ދިރިއުޅެމުންދާ ތަނެއް ކަމަށް ފެންނަ ނަމަ އެތަނަކަށް ޗާޖު ކުރާނީ އެއް ގީބީސީއަށް ވާ ފައިސާ ކަމަށެވެ.
އާންމުކޮށް ސްޓެލްކޯގެ ބިލުތައް ތައްޔާރު ކޮށްފައި ހުންނަނީ އެއް މަހުގެ 20 އިން އަނެއް މަހުގެ 20 އަށް ކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ، ދެން ބިލް އަންނަ އިރު އަންނާނީ މިދިޔަ އެޕްރީލް މަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން ވެސް ކުނި ނެގުމުގެ ފީ ދެއްކުން އިސްތިސްނާވާ ބައެއް ހާލަތްތަކަށް ސިރާޖު އަލިއަޅުވާލެއްވި އެވެ.