ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އަދި ސައިޓުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތްކަމަށާއި އަދި، ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިނަސައްތަ ފުރިހަމަކުރެވިފައި ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން:

  • 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުން
  • 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުން
  • 11,114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ފެންހިންދާ ނިޒާމެއް ޤާއިމުކުރުން
  • އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.