ކަރަންފުލަކީ ވަރަށް ގިނަ ބޭނުންތައް ކުރެވޭ ދިވެހިންގެ ތެރޭގައި ނުހަނު ބޮޑަށް މަގުބޫލުވެފައިވާ އެއްޗެކެވެ. އެތައް ގިނަ ބޭނުން ހިފޭ ކަރަންފޫ ބޭނުން ކޮށްގެން ހިންޏާއި މަދިރިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލާލަމާތޯއެވެ. ކަރަންފުލަކީ ހިންޏާއި މަދިރިފަދަ ދިރޭ ތަކެއްޗަށް ބޮޑު ދުޝްމަނެކެވެ.

ލުނބޮއެއް ދެފަޅި ކޮށްލުމަށްފަހު ހައެއްކަ ވަރަކަށް ކަރަންފޫ ކޮޅު ކުޑަކޮށް ފިސްކޮށްލުމށްފަހު ލުނބޯފަޅީގެ ތެރޭ ހަރުކޮށްލާށެވެ.

ނިދާ އެނދު ނޫނީ ކުޑަދޮރު ކައިރީ(ބޭރަށް ހުޅުވޭ ގޮތަށް ހުންނަ ދޮރުތައް، މަދިރި ވަދެވޭ ފަދަ ތަންތަން) ލުނބޯފަޅި ބާއްވާށެވެ.

މަދިރީގެ އުނދަގުލުން އަމާންކަން ލިބި އަރާމުކޮށް ނިދާލެވޭނެއެވެ. އެއާއެކު ލުއިލުއި ވަހެއްވެސް ހުރުން އެކަށީގެންއެވެ.

މަދިރިދުންދަޑީގެ ވަސް އެހާ ރަނގަޅެއް ނޫންކަމަށްވާނަމަ މިގޮތަށް ކަންތައް ކޮށްލަމާތޯއެވެ.

ދުންދަޑި ކުދިކުދިކޮށް އެތިއެތިކޮޅުތަކަށް ހެދުމަށްފަހު ތަށްޓެއްގެ ތެރެއަށް އަޅާށެވެ.

އަދި ކަރަންފޫ މުށެއް( ދިހަވަރަކަށް ބާރަ ވަރަކަށް ކަރަންފޫ) އެޅުމަށްފަހު، ދުންދަޑިއެތިކޮޅުތަކާއި ކަރަންފުލުގެ ތެރެއަށް ވިނެގާ ނޫނީ ކޯލާވާޓަރު(ބޭބީ ނޫން އެހެންވައްތަރެއްގެ) އަޅާށެވެ.

މަތި ބަންދު ކުރުމަށް ފަހު ހައެއްކަ ގަޑިއިރު ބަހައްޓާށެވެ. އަދި ދެން މަތި ނެގުމަށްފަހު ކުލައަށް ބަދަލެއް އައިސްފަވޭތޯ ދެނެގަންނާށެވެ.

ކުޑަދޮރު ކައިރީ ނޫނީ ހިނީގެ އުނދަގޫ ވާތަނެއްގައި ބަހައްޓާށެވެ.

ނުވަތަ ފުޅިއަކަށް (ފުރޭނުމަށްފަހު) މިދިޔާކޮށް ހުރި މަދިރިދުންދަޑިއާއި ކަރަންފުލުގެ ފެން އަޅާށެވެ.

އަދި ހިނީގެ އުނދަގޫ ފޯރާ ތަނަކަށް އަދި ގޭތެރޭގެ އެހެން ބައެއް ތަންތަނަށް ސްޕްރޭ ކޮށްލާށެވެ.

ޔަގީނުންވެސް ދުންދަޑި ރޯކުރީމަ އޭގޭ ދުމުން ވާ އެއްވެސް އުނދަގުލެއް ނުވާނެއެވެ. އަދި ގެއްލުން ވުމަކީ ދަތިކަމެކެވެ.